13 ނޮވެމްބަރ 2025

ސުންގަޑި ތާރީޚް:

27 ނޮވެމްބަރ 2025

މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ފުރުޞަތުތައް

މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 27 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3339276 / 3322625 އާ ގުޅުއްވުން އެދެމެވެ.

 

2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހާގަ ކުރުމުގެ ގޮތުން 13 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު، ރ. ދުވާފަރުގައި މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ މަޣްޞަދަކީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މިއީވެސް މަސްވެރި ސިނާއަތުގައި މުހިއްމު މަސައްކަތެއްކަން އަންގާދިނުމެވެ. މިމުބާރާތަކީ ދެޖިންސުގެ ބޭފުޅުން އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެކެވެ.  

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ( https://forms.gle/scYu8odx2HdirjMp9  ) ފުރިހަމަ ކުރުމަށް ފަހު 27 ނޮވެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިފޯމްގެ ލިންކް އަދި މިމުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު އަދި ޤަވާއިދު މި އިއޢުލާނާއި އެއްއުރަ ކުރެވިފައިވާ ކަރުދާހުގައި ހިމަނާފައިވާނެއެވެ.

އިޢުލާން

163.28 KB

އުޞޫލް - މަސްކެނޑުމުގެ މުބާރާތް

252.7 KB