18 ޑިސެމްބަރ 2025

11 ޖަނަވަރީ 2026

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

ފުރުޞަތުތައް

ފުރަތަމަ އަސާސީ މެރިކަލްޗަރ ކޯސް ޖެނުއަރީ 2026 އިން 05 ފެބްރުއަރީ 2026 ( 14 ދުވަހުގެ މުއްދަތު) - ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީ ކ. މަނިޔަފުށީ

ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ [މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް] ގެ ދަށުން މި އަހަރު ހިންގޭ ފުރަތަމަ ކޯސް 24  ޖެނުއަރީ 2026 އިން 05 ފެބްރުއަރީ 2026 ގެ ނިޔަލަށް، 14 ދުވަހުގެ މުއްދަތަށް 15 ފަރާތްތަކަށް އަމާޒުކޮށްގެން ކ.މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީގައި އަސާސީ މެރިކަލްޗަރ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖެނުއަރީ 2026 ވަނަ ދުވަހުގެ  14.00ގެ ކުރިން މި އިޢްލާނާއި އެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއި އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްކުން ނަންބަރު 3322242، 9555373 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އިޢުލާން

129.08 KB

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް

99.23 KB