13 ސެޕްޓެމްބަރ 2024

އައިސް ޕްލާންޓްތައް ހިންގުމުގެ ލައިސަންސް ދިނުމާއި ގުޅޭ

ދެންނެވުން

* މިނިސްޓްރީގެ ނަންބަރު: 3339214  ނުވަތަ 3339215 * އީ-މެއިލް މެދުވެރިކޮށް   [email protected]

ޤާނޫނު ނަންބަރު: 2019/14 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަދިނުމުގެ ޤަވާއިދު" (ނަންބަރު: 2020/R-91) އަދި [މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ޤަވާއިދު (ނަންބަރު: R-82/2023) ގެޒެޓްކުރެވި އެގަވާއިދަށް މިހާރު ދަނީ ޢަމަލު ކުރަމުންނެވެ.

އިސްވެދެންނެވުނު ދެ ގަވާއިދުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ހިންގާ މަސްވެރިކަމުގެ މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް އެކަމުގެ މަންފާ އެދެވޭގޮތުގައި ކުރާނެ ގޮތަށް ފަރުމާކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަން ކަށަވަރުކުރުމާއިއެކު، މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރުމަށް ހުއްދަ ހޯދުމާއި އެ މަޝްރޫޢުތަކުގެ ދަށުން ޤާއިމްކުރާ ފެސިލިޓީތައް ހިންގުމަށް ލައިސަންސް ހޯދުމުގައި ޢަމަލުކުރަންޖެހޭ މަރުޙަލާތައް ކަނޑައަޅައި، ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން އެކަންކަން ތަންފީޒުކުރުމެވެ.

މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުތަކަކީ އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ފަށަންޖެހޭ މަސައްކަތެއްކަމުން، މިފަދަ މަޝްރޫޢުތައް ފެށުމުގެ ކުރިން ގަވާއިދުން މި މިނިސްޓްރީން އެކަމަށް ހުއްދަ ނަގައިގެން އެމަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.  އަދި މީގެ އިތުރުން، މި މިނިސްޓްރީން ހުއްދަ ލިބިގެން އައިސްޕްލާންޓް ޤާއިމް ކުރުމަށް ހުއްދަ ނަގާ ފަރާތްތަކުން އައިސްޕްލާންޓުގެ ޚިދުމަތް ދޭންފެށުމުގެ ކުރިން މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދުގެ ދަށުން  "އައިސްޕްލާންޓް ހިންގުމުގެ ލައިސަންސް" ނެގުމަށްވެސް ދަންނަވަމެވެ. އަދި މިހާރު އައިސްޕްލާންޓްތައް ހިންގަމުންގެންދާ ފަރާތްތަކުންވެސް މިގަވާއިދުގެ ދަށުން ލައިސަންސް ނަގަންޖެހޭގޮތަށް ކަނޑައަޅާފައިވާކަމުގައި ދަންނަވަމެވެ.

 ވީމާ، އައިސްޕްލާންޓްތައް ހިންގަމުންގެންދާ ފަރާތްތަކުން އިސްވެދެންނެވުނު ގަވާއިދުގެދަށުން އައިސްޕްލާންޓް ހިންމުގެ ލައިސަންސަށް އެދި މިނިސްޓްރީއަށް 15 އޮކްޓޫބަރު 2024 ގެ ކުރިން ލިޔުމުން ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު:3339214  ނުވަތަ 3339215 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

ފިޝަރީޒް އިންޑަސްޓްރިއަލް ޑެވެލޮޕްމަންޓް އެންޑް ޕްރޮމޯޝަން ސެކްޝަން.

 

 

  

ސާކިއުލަރ:- އައިސް ޕްލާންޓްތައް ހިންގުމުގެ ލައިސަންސް ދިނުމާއި ގުޅޭ

99.07 KB

މަސްވެރިކަމުގެ މަޝްރޫޢު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ( އިގެރޭސި ބަހުން)

Link

މަސްވެރިކަމުގެ މަޝްރޫޢު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ( ދިވެހި ބަހުން ބަހުން)

Link