29 ސެޕްޓެމްބަރ 2025

ށ. ބިލަތްފަހި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

ޚަބަރު - ނިންމުން

ށ. ބިލަތްފަހި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

ށ އަތޮޅު ބިލެތްފަހި ކައުންސިލާ ވަނީ ވުޒާރާގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި، އެރަށުގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފިއެވެ.

މީގެ އިތުރުން، ބިލެތްފަހި ކައުންސިލުން އެދިލެއްވި ގޮތަށް ވަދުކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ފަރުމަހުގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވައިފައިވެއެވެ.

 

މި ބައްދަލުވުމުގައި ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު މުއްތަލިބާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު އާތިފް، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝިމާލެވެ. ބިލެތްފަހި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޒިޔާދާއި ނައިބު ރައީސް އަލްފާޟިލް ޢަލީ އަސްލަމެވެ.