16 ޑިސެމްބަރ 2023

43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި މިނިސްޓަރ އޮނަރަބަލް އަޙްމަދު ޝިޔާމް ދެއްވި ޚިޠާބު 2023

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މާސިންގާ ކަނޑުގައި މުތީތަކެއްފަދަ މި ކުދި ޖަޒީރާ ރަށްތައް ލައްވައި، ކަނޑުގެ ވަސީލަތްތަކުން މުއްސަނދި ކުރައްވައި، ރޯދި ދެއްވުމަށް މަގުފަހިކޮށްދެއްވި އެންމެހާ ނިޢުމަތްތަކުގެ ވެރި ﷲއަށް ހަމްދާއި ޝުކުރު ޝުކުރުކުރަން. އެންމެހާ ޢާލަމްތަކަށް ރަހުމަތެއްކަމަށް ފޮނުއްވި މާތް ރަސޫލާ މުހައްމަދު ސއވ އަށް ސަލާމަތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުއާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އިތުރު ސަހާބީން ޝާމިލްކުރަން.

ރާއްޖޭ އިއްޒަތްތއެި ރައީސުލްޖުމްހުރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން. ދައުލަތުގެ ވަޒީރުން.. ރައްޔިތުންެގެ މަޖިލީހުގެ މެމްބަރުން.. މަސްވެރި ވުޒާރާ މީގެކުރިން ބެލެހެއްޓެވި ވަޒީރުން.. ބޭރު ގައުމުތަކުގެ ސަފާރާތަކުގެ ސަފީރުން.. ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.. މި ޖަލްސާ އެ ބަޔަކަށް ހާއްސަ ކުރެވޭ ދިވެހި ރާއްޖޭގެ ލޮބުވެތި މަސްވެރިންނާއި މަސްވެރި އާއިލާތަކާއި މަސްވެރި ސިނާއަތްތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އެންމެހާ ބޭފުޅުން.

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ވާޖިބެއްގެ ގޮތުގައި ދެކެނީ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންނެވި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ، ޝުކުރު ދެންނެވުން.

އާދެ، މަސްވެރިންގެ ދުވަސް އަޅުގަނޑުމެންނާއި މި ބައްދަލުކުރީ ރިޔާސީ އިންތިހާބަށްފަހު ގައުމީ ފެންވަރުގައި ފާހަގަކުރާ ފުރަތަމަ ދުވަހުގެ ގޮތުގައި. ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެމަނިކުފާނުގެ ޒަޢާމަތު ފެއްޓެވި ފަހުން ފުރަތަމަ ބޭއްވެވި ކެބިނެޓްގައި އެންމެ ފުރަތަމަ އެޖެންޑާ ކުރެއްްވީ މަސްވެރިކަމުގެ ކަރުދާހަކީ މަސްވެރިންނާއި ގުޅުންހުރި ކަރުދާހެއް. ވަރަށް ހާއްސަ ކަމެއް އެމަނިިކުފާނުގެ މެނިފެސްޓޯގައި މަސްވެރިންނަށް މަސްވެރި ސިނާއަތު ކުރިއެރުވުމަށްޓަކައި އެބައޮތް. އަދި އެމަނިިކުފާނުގެ މެނިފެސްޓޯގައި، އެއީ އަދި ހަމަ އެމަނިިކުފާނު ލިޔުއްވި އެއްޗެއް ނޫންކަން ދިވެހި ރާއްޖޭގެ މަސްވެރިންގެ ދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުރި ފުރަތަމަ ދުވަހު މިއީ އެމަނިކުފާނު މަސްވެރިންނާއި ބައްދަލުކުރައްވާ ދެވަނަ ހަފްލާ .ރޭގައިވެސް ރައީސުލްޖުމްހުރިއްޔާ ރާއްޖެގެ އެކި ކަންކޮޅުތަކުން މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ މި ރަސްމިއްޔާތުގައި، ވުޒާރާއިން އިސްނަގައިގެން ބޭއްވި މަސްވެރިންގެ ގުންޒަރު މި ރަސްމިއްޔާތުގައި މަސްވެރިންނާއެކު ވަރަށް ގިނަ ވަގުތު ރައީސުލްޖުމްހުރިއްޔާ ހޭދަކުރެއްވި. މިކަމުން ދޭހަކޮށްދެނީ އެމަނިިކުފާނުގެ ހިތްޕުޅުގައި ދިވެހިރާއްޖޭގެ މި ސިނާއަތު ކުރިއަރުވައި ތަރައްގީކޮށް މަސްވެރިންގެ އާއިލާތަކަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް އޮތް ޝައުގުވެރިކަން.

އާދެ މިއަހަރުގެ މަސްވެރިންގެ ދުވަހާއި އަޅުގަނޑުމެން ބައްދަލުކުރިއިރު މަސްވެރި ސިނާއަތު އޮތް ހާލަތު އަޅުގަނޑުމެންނަށް އެބަ އެނގޭ. މަސްވެރިންގެ ހުރި ބޮޑެތި ކަންބޮޑުވުން ތަކަކާއެކުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުއިއްޒުގެ މި ޒައާމަތު ފެށިގެން މިދިޔައީ.

މި ސަރުކާރު ފެށުނުއިރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ވަރަށް ގިނަ ދުވަސްވެއްޖެ. އެއީ ދައުލަތުގެ މާލީ ހާލަތު މިވަގުތު އޮތްގޮތުންނާއި އެކީގައި. އެހެންނަމަވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި 3 ހަފްތާގެ ތެރޭގައި މަސްވެރިންނަށް ނުލިބި ހުރި ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މިހާރު މިވަނީ މަސްވެރިންނަށް ދޫކުރެވިފައި.

އުނދަގޫ ދުވަސްތަކެއް ނަމަވެސް މަސްވެރި އާއިލާތަކަށް މިގޮތަށް ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ ވަރަށް އުނދަގޫ ތަހައްމަލް ކުރަމުންދާ ދުވަސްތަކެއްކަން އެނގޭ. އެނގިވަޑައިގަންނަވާނެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ލިސްޓް ކުޑައެއްނޫން. އިއްޔެ ގުންޒާރުގައިވެސް މި ވާހަކަތައް ދެކެވިގެންދިޔަ. މަސްވެރިން ބާނާ މަސްކޮޅަށް އަވަހަށް ފައިސާ ނުލިބި ގިނަ ދުވަސްވުމާއި މަސްވެރިން މަސްކޮޅު ބާނައިގެން އައިސް ވަގުތުން މަސްކޮޅު ކިރާނުލެވުމާއި މަސްވެރިން ބޭނުންވާ އައިސް ބޭނުންވާ ވަރަށް މަސްވެރިންނަށް ނުލިބުމާއި، މި ހުރީ ދަތިތަކަކީ މިއީ މިއަދު އެންމެ އިސްކަމެއް ދެއްވައިގެން ރައީސުލްޖުމްހުރިއްޔާ ހައްލުކުރައްވަން ބޭނުންވާ ކަންތައްތައް.

މި ހައްލު ގެނައުމަށްޓަކައި އަޅުގަނޑުމެން މިވަނީ ރޭވުންތެރި ކަމެއްގެ ތެރެއިން މަސައްކަތްތަކެއް ފަށާފައި. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓޯރޭޖަށް އޮތް އުނދަގޫތަކަށް ހައްލު ހޯދުމަށްޓަކައި މިހާރު ސްޓޯރޭޖް އިތުރުކުރުމަށްޓަކައި ރޭވިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ މިހާރު ސްޓޯރޭޖަށް ދިމާވެފައި ހުރި މައްސަލަތަކަަށް ޔަގީންނުންވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމެއް. އަދި ހަމައެއާއެކު ސްޓޯރޭޖް އިތުރުކުރުމަށްޓަކައި އަލަށް ރާވާ ހިންގާނެ ޕްރޮޖެކްޓްތަކެއް ވެސް ރައީސުލްޖުމްހުރިއްޔާގެ މަސްވެރި ސިޔާސަތުގެ ތެރޭގައި ހިމެނޭ. މިކަންތައްތައް އަޅުގަނޑުމެންނަށް ހާސިލު ކުރެއްވިޖެނަމަ އަޅުގަނޑުމެންނަށް އެ ދެވެނީ ގާތްގަނޑަކަށް ސްޓޯރޭޖަށް ޖުމްލަ ހައްލެއް.

އަދި ހަމައެއާއެކު މަސްވެރިންނަށް އައިސް ލިބުމުގައި ހުރީ ދަތިތައް ހައްލުކުރުމަށްޓަކައި މިހާރު ފެށިފައި ހުރި ޕްރޮޖެކްޓަކާއި، (ރާއްޖެގެ އެކި ކަންކޮޅުތަކުގައި) އަދި ހަމައެއާއެކު އަލަށް އައިސް ޕްލާންޓްތައް ގާއިމްކުރަންޖެހޭ ތަންތަނުގައި އައިސް ޕްލާންޓްތައް ގާއިމްކުރެވުނީމަ އަޅުގަނޑުމެން މި ގަބޫލުކުރެވެނީ ދިވެހިރާއްޖޭގެ މަސްވެރިންނަށް އައިސް ބޭނުންވާ މިންވަރަށް ޖުމްލަ ހައްލެއް ލިބިގެންދާނެކަމަށް.

ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިކަންކަން އަވަސްކުރުމަށްޓަކައި އަޅުގަނޑަަށް ވަނީ އިރުޝާދު ލިބިފައި. އަދި އަޅުގަނޑުމެން މިވަނީ މި މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި ވަރަށް ބާރަށް މި މަސައްކަތްތައް ކުރިއަށްދާނެ ގޮތްކަށް މި މަސައްކަތްތައް ހަވާލުކޮށްފައި ތިބި ފަރާތްތަކާއި އަދި އަލަށް ހުޅުވާލެވޭ މަސައްކަތްތައް ކުރިއަށް ގެންދަން ރާވާނެ ގޮތްތަކަކާއި ދޭތެރޭގައި އަޅުގަނޑުމެން މިވަނީ ގޮތްތަކެއް ހަމަޖައްސާފާއި.

އާދެ، ރައީސުލްޖުމްހުރިއްޔާގެ ސިޔާސަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ނިންމަވާފައި އެބައޮތް ނިންމެވުމެއް. އެއީ މަސްވެރިންގެ ވަރަށް ގިނަ އާދޭސްތަކެއް. ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ވަރަށް ގިނަ ރަށްތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. މަސްވެރި ކޮމިއުނިޓީތަކުން އަޅުގަނޑުމެންނަށް އައި އެއް ވާހަކައަކީ މިފްކޯ ނެޝަނަލައިޒް ކުރުމުގެ ވާހަކަ. އަނެއްހެން ދަންނަވާކަމަށް ވަނީނަމަ، މަސްވެރިންގެ ބަހުރުވައިން ދަންނަވާކަމަށްވަނީނަމަ މިފްކޯ މިނިވަންކޮށްދިނުމުގެ ވާހަކަ. އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދާދި ދެންމެއަކު މި ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި އެންމެ ފުރަތަމަ ކެބިނެޓް ކަރުދާހެއްގެ ގޮތުގައި މަސްވެރިންނާއި ގުޅުންހުރި ކަރުދާހެއްގެ މަސައްކަތް ނިމޭ ވާހަކަ. އެ މަސައްކަތް އެގޮތަށް ކުރުމަށް މިހާރު ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން އެ ވަނީ ނިންމާފައި. އެކަން ނިންމެވުމުގެ މައިގަނޑު މަގްސަދަކީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރެއް ބޭއްވުން. މަސްވެރިންގެ ދައުރެއް މިފްކޯ ހިންގުމުގައި ބާއްވަން ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅުގައި އޮތީ މަސްވެރިން ހިމެނޭ ކޯޕަރޭޓިވް އެއް އުފައްދައި، އެ ކޯޕަރޭޓިވްގެ ހިއްސާ މިފްކޯގައި އޮންނާނެ ގޮތަށް، މިފްކޯގެ ބޯޑުގައި އެ ކޯޕަރޭޓިވް ތަމްސީލް ކުރެވޭނެ ގޮތެއްގެ އިންތިޒާމް. އެ ހިސާބުން މަސްވެރިންގެ ސީދާ ދައުރު މިފްކޯ ހިންގުމަށް ލިބިގެން އެ ދިޔައީ.

އަދި ހަމައެއާއެކީގައި މަސްވެރިންނާއެކީގައި މިފްކޯ އަދި ފިޝަރީޒް މިނިސްޓްރީ ހިމެނޭހެން ކޮންމެ އަހަރަކު މިހާރު މި ބާއްވާ އެއް ފޯރަމްގެ ބަދަލުގައި ރާއްޖެގެ އުތުރާއި ދެކުނުގައި ދެ ފޯރަމް ކޮންމެ އަހަރަކު ބާއްވަން ނިންމަވާފައިވާކާމީވެސް މަސްވެރިންނާއި މިފްކޯއާއި އަދި ފިޝަރީޒް މިނިސްޓްރީއާ ގާތުން މަސައްކަތް ކުރެއްވުމަށް އެމަނިިކުފާނުގެ ވިސްނުންފުޅުގައި މުހިއްމުކަމަށްވާތީ..

މި ފޯރަމްތަކުގައި، މި ބައްދަލުވުންތަކުގައި އިވޭ ވާހަކަތަކަކީ، ހަމައެކަނި އިވޭ ވާހަކަތަކަކަށް ނަހައްދަވާ، މަސްވެރިންގެ ހުރި އުނދަގޫ ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި ދެވަނަ ފޯރަމަކަަށް އަޅުގަނޑުމެން ދާއިރުގައި އެ ހައްލާއި އެކީގައި ދެވޭނެ ގޮތަކަަށް އަޅުގަނޑުމެން އަމާޒު ހިފުން އެއީ އަޅުގަނޑުމެންނަށް އެމަނިިކުފާނު ދެއްވާފައިވާ އިރުޝާދު.

އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތު ކުރިއަރާއިރު އަޅުގަނޑުމެން އެންމެން އެއްކޮށް ތެދުވަންޖެހޭ. މަސްވެރިންނާއި މަސްވެރި އާއިލާތަކާއި، މަސްވެރި ސިނާއަތުގައި މަސައްކަތްތަކެއް ކުރައްވާ ގައުމީ ކުންފުނިތައް، މި ދެންނެވީ ސަރުކާރު ކުންފުނިތަކާއި އަދި ޕްރައިވެޓް ކުންފުނިތައް އެންމެން އެކީގާއި ތެދުވެވޭނެ ގޮތެއް އަޅުގަނޑުމެންގެ ސިޔާސަތަށް މިވަނީ.

ދާދިފަހުން މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަ އަގަށް ބަދަލުތަކެއް އައީ. އެ ބަދަލު އައިފަހުން މަސްވެރިންނަށް ފައިސާ ދިނުމުގައި އުނދަގޫ ތަކެއް އެބަހުރި. ރައީސުލްޖުމްހޫރިއްޔާގެ ވައުދު ފުޅަކަށް މި އޮތީ މީގެކުރިން އެމަނިިކުފާނުގެ ކެމްޕެއިންގައި ވަޑައިގެންނެވިއިރު މަހުގެ އަގު، މި ދެންނެވީ މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ އަގު މިހުރީ 17 ރުފިޔާގައި. ނަމަވެސް ރައީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންނެވީ 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަސްވެރިން ބާނާ މަސް މިފްކޯއަށް ކިރޭނެ އިންތިޒާމެއް ހަމަޖެއްސުން. ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޒައާމަތު ފެއްޓެވިއިރު މަސްވެރިކަމުގެ ވުޒާރާއަށްވެސް މިވަނީ ބަދަލުތަކެއް ގެންނަވާފައި. މަސްވެރިކަމަށް ވުޒާރާ ހާއްސަ ކުރައްވައިފި. މީގެކުރިން މަސްވެރި ވުޒާރާއާއި ދަނޑުވެރި ވުޒާރާ އެއްކޮށް އޮތްއޮތުން އެމަނިކުފާނު ނިންމެވީ މަސްވެރިކަމަށްވެސް އަދި ދަނޑވެރިކަމަށްވެސް ހާއްސަ އަހަމިއްޔަތުކަމެއް ދިނުމުގެ ބޭނުންފުޅުގައިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އަދި ހަމަ އެއާއެކު މަސްވެރި ވުޒާރާގެ ނަމަށް މި ގެނެވުނު ބަދަލަކީ އެނގިވަޑައިގަންނަވާނެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިހާރު ނަމުގެ ގޮތުގައި މިވަނީ ހަމަޖެހިފައި. ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން މި އަންނަ ދެމެހެއްޓެނިވި މަސްވެރިކަން ވަރަށް ބޮޑަށް މި އޮންނަނީ ލިމިޓްވެފައި ކަޅުބިލަ މަހާއި ކަންޏެއްޔަށް. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ މަސްވެރިކަމުގައި ތަފާތު އެކި ބާވަތްތަކުގެ މަސްވެރިކަން އެބަ އުޅޭ.. ފަރުމަސްވެރިކަމުގެ އުޅޭ ފަރާތްތައް އެބަ ބުނޭ ތިމަންނާމެން މިއީ އުޅޭ ބައެއްކަން ނުދަންނަނީތޯ. ފާނަ މަސްވެރިކަން ކުރައްވާ ފަރާތްތައް އެބަ ވިދާޅުވޭ ިމަންނާމެން މިއީ އުޅޭ ބައެއްކަން ނުދަންނަނީތޯ.

އަޅުގަނޑުމެން މިއަންނަނީ އިރާދަކުރެއްވިއްޔާ ޖުމްލަ ހައްލެއް މަސްވެރިކަމަށް، މި ސިނާއަތުގައި އުޅުއްވާ ބޭފުޅުންނަށް ޖުމްލަ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެ ވަޑައިގެންނެވީ. އޭގެތެރޭގައި ކަޅުބިލަމަސް، ކަންނެނި މަސްވެރިކަން، ފަރުމަސްވެރިކަން، ފާނަ މަސްވެރިކަން ކުރާ ފަރާތްތައް މި ޕްލޭންއަކުން ބާކީއެއް ނުވާނެ. އަދިހަމަ އެއާއެކީގައި ކަނޑުގެ ރޯދި އަޅުގަނޑުމެންނަށް އެބަ އެނގޭ. ކަނޑުން އަމްދަނީ ހޯދަން ކުރަން ހުރި މަސައްކަތްތައް ކުރުމަށް މި ނަމާއެކީގައި މަގުފަހި މިއޮތީކޮށްފައި.

ދިވެހިރާއްޖޭގައި އެކި ބާވަތުގެ މަސްވެރިކަން، އެކި ބާވަތުގެ މަސައްކަތްތައް ކޮށްގެން އާމްދަނީ ލިބެން އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ގަބޫލުފުޅު ކުރައްވައިގެން މި ބަދަލު ގެންނަވާފައި މިއޮތީ. އަދި މަސްވެރިކަމުގެ ވުޒާރާގެ މެންޑޭޓަށްވެސް މިވަނީ ވަރަށް ބޮޑު ބަދަލެއް ގެންނަވާފައި. މެރިކަލްޗަރ، އަދި ހަމައެއާއެކީގައި އެންވެރިކަމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި.. އެންވެރިކަމަކީވެސް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި އާމްދަނީ ހޯދަން ވަކި ބަޔަކު އެންވެރިކަން ކޮށްގެން، އެ އެން މަސްވެރިންނަށް ވިއްކައިގެން ދިރިއުޅޭ އާއިލާތައްވެސް އެބަ އުޅޭ. އަޅުގަނޑު ނުދަންނަވަން ކޮންމެހެން އެގޮތަށް އެ އަމާޒަށް އަޅުގަނޑުމެން ދަނީއޭ. އެހެންނަމަވެސް މިހުރީ ހައްތަހާވެސް އަޅުގަނޑުމެން އެކްސްޕްލޯ ކުރަންހުރި ކަންކަން. ކަނޑުން ނަފާވެރިކަން އިތުރުކުރެވޭނެ ހުރިހާ ގޮތެއް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މަސްވެރި ވުޒާރާގެ މި އައު މެންޑާޓާއެކީގައި އަޅުގަނޑުމެންނަށް އެބައޮތް ފެންނަން. އަޅުގަނޑުގެ ވާހަކަ މާ ދިގެއް ނުކުރާނަން. އަޅުގަނޑުމެން 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ތަފާތު އެކި ޕްރޮގްރާމްތައް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށް އެބަ ގަންދަމު. އޭގެތެރޭގައި ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް މިފްކޯގެ ވަރަށް ބޮޑު ދައުރެއް، މިފްކޯއިން އިސްނަގައިގެން އަރބަންކޯއާ އެކީގައި ފިޝަރިޒް މިނިސްޓްރީއާ އެކީގައި ކުޑަކުދިންގެ ވަރަށް ހިތްޤާއިމު ހަވީރެއް 8 ވަނަ ދުވަހު ބޭއްވިގެން ދިޔަ. ވަރަށް ބޮޑު ތަރުހީބެއް މި ހަވީރަށް ލިބިގެންދިޔަ އެކަންވެސް އަޅުގަނޑުމެން ފާހަގަކުރަން. ހަމައެއާއެކީގައި އިއްޔެ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން 40 މަސްވެރިންނާއި އެކީގައި މަސްވެރިންގެ ގުންޒަރު މީރުމާ ހޯލްގައި ކުރިއަށްދިޔައީ 6:00 ޖަހަންދެން. ދިޔައިރުގައި ތަފާތު އެކި މައުޟޫއުތަކުގައި މަސްވެރިންނަށް މައުލޫމާތު ހިއްސާކޮށްދެއްވުމަށްޓަކައި ބެންކް އޮފް މޯލްޑިވްސްގެ ބޭފުޅުން ފިޝަރީޒް މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި ޕްރައިވެޓް ކުންފުޏެއްކަމަށްވާ އެންސިސްއާ އަދި ހަމައެއާއެކީގައި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިއްމު ވައުދުފުޅެއް އެނގިވަޑައިގަންނަވާނެ މަސްވެރިކަމުގައި ވަރަށް ނުރައްކާތެރި އެކްސިޑެންޓްތައް އެބަ ހިނގާ. މިހާރު މަސްވެރިކަމުގައި އެން ހޯދަން އެބަ ފީނާ ފުޅި އަޅައިގެން.. މިގޮތަށް ފީނާއިރުގައި ވަރަށް ނުރައްކާތެރި އެކްސިޑޭންޓްތައް އެބަ ދިމާވޭ... ޑީކޯ ޑައިވް އަޅުގަނޑުމެން މިކިޔާ ޑިކޮޕްރެޝަން ޑައިވް ކުރެވިގެން މިދިމާވާ މައްސަލަތަކަކީ އޭގައި ހޭލުންތެރިކަން އެއީ އެއް ސަބަބު. ހޭލުންތެރިކަން ނެތުން އެއީ އެއް ސަބަބު. ނޫނީ އެ ޑައިވިންގ ކުރާއިރުގައި އެ ހިފަހައްޓަންޖެހޭ ހަމަތައް އެނގި ހުރެމެވެސް ބައެއް ފަހަރު އެކަންތައްތަކަށް ފަރުވާކުޑަކުރެވުން އެއީ އެއް ސަބަބު. މި ލިބޭ އަނިޔާ ނުވަތަ މި ލިބެ ގެއްލުން ކުޑަކުރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވިސްނުންފުޅެއް އެބައޮތް. ދިވެހިރާއްޖޭގެ މަސްވެރި މި ފްލީޓްގައި ކޮންމެ ދޯންޏެއްގައި މަދުވެގެން ރެސްކިއު ޑައިވިންގ ސެޓްފިކެޓް އޮތް އެއް ފަޅުވެރިޔަކު ހުރުން ލާޒިމްކުރާ ސިޔާސަތު. އެނގިވަޑައިގަންނަވާނެ ރެސްކިއު ޑައިވަރަކާއި ހިސާބަށް ދާއިރުގައި އޯޕަން ވޯޓަރ އެޑްވާންސް އަދި ބައެއް ކަހަލަ ސްޕެޝާލިޓީ ޑައިވިންގ އޭގެތެރޭގައި ހިމެނޭ. މެޑިކް ފަސްޓް އެއިޑަކު ހިމެނޭ. ދެން މިއަންނަނީ ރެސްކިއު ޑައިވިންގ. އެނގިވަޑައިގަންނަވާނެ މަސްވެރިންނަކީ ވަރަށް ބޮޑު ރިސްކެއްގެ ތެރޭގައި މަސައްކަތްކުރައްވާ ބައެއް. ހަސްފަތާލުތަކާއި ދުރުގައި ކަނޑުމަތީގައި ދުރުގައި މަސައްކަތްކުރައްވާ ބައެއް މަސްވެރިންނަކީ. އެހެންނަމަވެސް މިފަދަ ނިޒާމެއްގެ ތެރެއިން ރެސްކިއު ޑައިވަރެއް ކޮންމެ ދޯންޏެއްގައި ބެހެއްޓިއްޖެކަމަށްވާނީނަމަ އެމަޖެންސީކޮށް އެކަމަށް އެޓެންޑްކުރެވޭނެ އަދި އެނގިވަޑައިގެންނަވާނެ ރެސްކިއު ޑައިވަރަކީ އޮކްސިޖަން އެޑްމިނިސްޓަރ ކުރަން އެނގޭނެ ސެޓްފިކެޓް އޮތް ޑައިވަރަކަށް ވާނެ. އަޅުގަނޑުމެންނަށް އެބަ ފެނޭ ދިވެހިރާއްޖޭގެ މަސް ދޯނި ފަހަރުގައި މުސްތަގްބަލުގައި އޮކްސިޖަން ސިލިންޑަރވެސް ހުންނަ ތަން. އެއީ މިހެން މި ދެންނެވީ އޮކްސިޖަން އެޑްމިނިސްޓަރކުރަން ރެސްކިއު ޑައިވަރަކަށް އެނގޭނެތީވެ ސަލާމަތާއި ރައްކާތެރިކަމަށް އެކަމަކީވެސް ހަމަ މުސްތަގްބަލުގައި ކުރެވިގެންދާނެ ކަމެއްކަމާއި ދޭތެރޭ އަޅުގަނޑު ޝައްކެއް ނުކުރަން. އާދެ މި ގުންޒަރުގައި ޑައިވަރުންނަށް މައުލޫމާތު ދެއްވުމަށްޓަކައި ޑައިވަރސް ލޮޖް މޯލްޑިވްސްގެ ފަރާތުންވެސް ބޭފުޅުން ވަޑައިގެންނެވި. އަދި ހަމައެއާއެކީގައި މަސްވެރި ސިނާއަތުގައި މަސައްކަތްކުރައްވާ އެހެން ބޭފުޅުން މަސްވެރިންގެ ހުރި ސުވާލުތަކާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެކީގައި މި ބޭއްވުނު ސައްލާގައި އެ ބޭފުޅުންގެ ކޮންޓްރިބިއުޝަން ވަރަށް ބޮޑަށް ލިބިގެންދިޔަކަން އަޅުގަނޑު ފާހަގަކުރަން. ތަންކޮޅެއް ހޫނުވި މެންދުރު ގަޑީގައި،. އެއީ ދެން މަސްވެރިންގެ ސައްލާތައް އާއްމުކޮށް ހަމަ ހުންނަ ގޮތްކަން އަޅުގަނޑުމެން މި ޤަބޫލުކުރަނީ. އެހެންނަމަވެސް ނިމިގެންދިޔައިރު އަޅުގަނޑަށް އެނގުނީ، އަޅުގަނޑު ވަރަށް ގިނަ ވަގުތު އެތާނގައި ހޭދަކުރިން.. އަޅުގަނޑަށް އެނގުނީ ވަރަށް ޕްރޮޑަކްޓިވް ފޯރަމެއްކަން. ވަރަށް ގިނަ ކަންތައްތަކަށް ހައްލު ހޯދުމަށްޓަކައި، މަސްވެރިންގެ ހުރި އުނދަގޫތައް ޔަގީނުންވެސް ހިއްސާކުރެވިގެން ދިޔަ ފޯރަމަކަށް އެ ފޯރަމް ވެގެންދިޔައީ. ފޯރަމް ކުރިއަށްދިޔައިރު ހަމަ މަސްވެރިންގެ ދުވަހާއި ގުޅިގެން މަނިޔަފުށީގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ސްކޫލް ކުދިންނަށް ސެޝަންތަކެއް ކުރިއަށްގެންދެވުނު. މާލޭގެ 3 ސްކޫލަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި އެކީގައި ކުރިއަށް ގެންދެވުނު ސެޝަން ބަލާލަންވެސް އަޅުގަނޑަށް ދެވުނު. ވަރަށް އެންޖޯއީކުރި ކުދިން. އަޅުގަނޑަށް ޔަގީނުންވެސް ބައެއް ޕޭރަންޓުންނާއި ބައެއް ޓީޗަރުންނާއި ބައްދަލުވިއިރުގައި.. އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. މެރިން ސައިންސް ކިޔަވާ ދަރިވަރުން ތަންކޮޅެއް ގިނަ ފުރުސަތުތަކެއް އަޅުގަނޑުމެން ފަހިކޮށްދޭންޖެހޭކަން އަޅުގަނޑު އެބޭފުޅުންނާއި ބައްދަލުކުރިކުރުމުން އެނގިގެންދިޔަ. އާދެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުން އެބަ ލާޒިމްކުރޭ މަސްވެރިކަމުގެ މެނޭޖްމަންޓާއި މަސްވެރިކަމުގެ ޓްރެއިނިންގ ދޭނެ ވަސީލަތްތައް ނޫނީ އެކަން ފަހިކުރަން ސަރުކާރަށް އެބަ ލާޒިމްކުރޭ. އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ތަންމިނަށް އޮތްކަން. އާދެ، އަޅުގަނޑު މަސްވެރިންގެ ދުވަހުގެ ހުރިހާ ކަމެއްގައި ހަރަކާތްތެރި ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް، އެއްވެސް ފަރާތެއް އަޅުގަނޑު އުނި ނުކުރަން. ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. އަދި އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މަސްވެރިންގެ ދުވަސް މި ފާހަގަކުރަނީ ކުއްލި ގޮތަކަށް. ބަޖެޓްގެ އުނދަގޫ އަޅުގަނޑުމެންނަށް އޮތީ. އާއްމު ގޮތެއްގައި މަސްވެރިންގެ ދުވަސް މި ފާހަގަކުރަނީ ރާއްޖޭގެ ދެކުނުގައި ނުވަތަ އުތުރުގައި. އަތޮޅުތެރޭގައި. މިފަހަރު ވަގުތާއި ބަޖެޓާއި މި ހުރިހާ ކަމަކަށް ރިޔާއަތްކުރުމަށްފަހު އަޅުގަނޑުމެން ނިންމީ މާލޭގައި މި ހަފްލާ ބާއްވަން. ނުވަތަ މި ޕްރޮގްރާމްތައް ބާއްވަން. އަޅުގަނޑު ހިތަށްއެރި، އަޅުގަނޑުމެން އެބަޖެހެއޭ ކޮންމެ 5 އަހަރުން އެއް އަހަރު މާލޭގައި ބާއްވަން. މި ބޮޑު އާބާދީ.. ބައިވަރު ކުޑަކުދިން..ޔަގީނުންވެސް ބައިވަރު މަސްވެރިން މި ސަރަހައްދުގައި މާލޭގައި އެބަ ދިރިއުޅޭ. އަޅުގަނޑުމެންނަށް މި ތަނަވަސް މި މާހައުލުގައި މަސްވެރިންގެ ދުވަހުގެ މި ހުރިހާ އިންތިޒާމްތަކެއް މި ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ބައެއްގެ ވަރަށް ދީލަތި އެހީއާއެކީގައި. އެހެންކަމުން މިކަންކަމުގައ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

މަސްވެރިންގެ ދުވަހުގެ މި ހުރިހާ ޕްރޮގްރާމްތަކަށް، ވަކިން ހާއްސަކޮށް މަސްވެރިންނާއި ގުޅިގެން މި ކުރިއަށް ގެންދެވުނު ގުންޒަރު ނިމިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނާއި ބައްދަލުކުރައްވާފައި.. އެ ވާހަކަ އަޅުގަނޑު ދަންނަވައިފިން. އަދި ހަމައާއެކީގައި މަސްވެރިންގެ ދުވަހުގެ މި ހާއްސަ ހަފްލާ ފުރިހަމަވެގެން މިދަނީ ޔަގީނުންވެސް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާއި އެކީގައި ބައިވެރިވެވަޑައިގަންނަވާތީ. އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއެކީގައި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަޅުގަނޑުގެ ވުޒާރާގެ ހުރިހާ ބޭފުޅުންގެ ނަމުގައި، މަސްވެރި މުޅި ކޮމިއުނިޓީގެ ނަމުގައި މަނިކުފާނަށް ވަރަށް އިހްލާސްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ވަރަށް ކުއްލި ގޮތަކަށް އަޅުގަނޑުމެން ނިންމި ނިންމުންތަކެއް އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް އަޅުގަނޑުގެ ޓީމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ޓީމަށް.. ވަރަށް ހީވާގި ޓީމެއް. ވަރަށް ކުރު ނޯޓިސްއެއްގައި އަޅުގަނޑުމެން މިކަން ކުރަންޖެހުނީ ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. މިރޭ ވަރަށް ގިނަ ބޭފުޅުން މި ސްޓޭޖުން އިނާމު ހިއްޕަވައިގެން ވަޑައިގަންނަވާނެ. އަޅުގަނޑު އިން އެޑްވާންސް ކުރިއާލާ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން.

އަޅުގަނޑު ވާހަކަ ކުރުކޮށްލާނަން. އަޅުގަނޑުގެ އިހްލާސްތެރި ދުއާއަކީ ދިވެހި މަސްކަނޑުތަކުގެ ފުރިހަމަ ނަފާ ހޯދުމުގެ ހެޔޮ ތައުފީގް މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. ދިވެހި މަސްވެރިންނަށް ފުދުންތެރި، އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ތަނަވަސްކަން މާތް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

މިނިސްޓަރ އޮނަރަބަލް އަޙްމަދު ޝިޔާމް ދެއްވި ޚިޠާބު 2023

File